logo
MPL

MPL

ކުޅިވަރު

ޕެނަލްޓީ ޖަހައިގެންވެސް ޔުނައިޓެޑް އާސެނަލްގެ ހިޔަނިން ސަލާމަތް ނުވެވުނު

އަބްދުﷲ ޣާނިމް
24 އޯގަސްޓު 2025 - 18:23
އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ސްމިތް ރޯވް
އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ސްމިތް ރޯވް

މެންޗެސްޓަރ ޔުނައިޓެޑަށް އާސެނަލް އާދެކޮޅަށް ކުޅެ މިދިޔަ ހަފްތާގައި ބަލިވިނަމަވެސް، އަދިވެސް އާސެނަލްގެ ހިޔަނިން ސަލާމަތެއް ނުވެއެވެ.

ޕްރީމިއަރ ލީގުގެ ދެވަނަ ރައުންޑުގައި ޔުނައިޓެޑް ލީޑު ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ކުލެން ނިކުތް އާސެނަލްގެ އެކަޑެމީ ކުޅުންތެރިޠާ ސްމިތް ރޯވް ޖެހި ގޯލާއެކު ޔުނައިޓެޑުގެ ސީޒަނުގެ ދެވަނަ މެޗުވެސް ނިންމާލަންޖެހުނީ މޮޅެއް ނުލިބިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ގޯލުން މަތިން ޖެހުމުން މެޗުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ގެއްލުނެވެ. މި ޕެނަލްޓީ ލިބުނީ ވީއޭއާރުގެ އެހީގައި ފުލަމްގެ ކެލްވިން ބަސީ މޭސަން މައުންޓަށް ފައުލްކުރި ކަމަށް ނިންމުމުންނެވެ.

މެޗުގެ 60 ވަނަ މިނެޓްގައި ޖެހި ޔުނައިޓެޑުގެ ހަމައެކަނި ގޯލަކީ ލިބުނު ކޯނަރަކުން ފުލަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކުޅެން ނިކުތް ސްމިތް ރޯވް ވަނީ އެންމެ ތިން މިނެޓުތެރޭގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

ޔުނައިޓެޑްގެ އެޓޭކިން ވަރަުގަދަ ކުރުމަށް މި ޓްރާންސްފާ ވިންޑޯގައި މިހާތަނަށް 264 މިލިޔަން ޚަރަދުކޮށްފައިވާއިރު، މިހާތަނަށް ކުޅުނު ދެމެޗުންވެސް ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑަށް މިހާތަނަށް މިސީޒަނުގައި ކުޅެވުނު ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ޔުނައިޓެޑް މިވަޤުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 15 ގަޑިއިރު ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 5 ދުވަސް ކުރިންމެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ހޮހޮޅައިގައި ތިބެ، އެހީއަށްއެދި އާދޭސްކުރަނީކުޅިވަރު | 10 ދުވަސް ކުރިންކޯމޯ އަތުން މެންޗެސްޓާ ޔުނައިޓެޑް ލަދުވެތި ބައްޔެއް: ކެރިކަށް ބޮޑު ޕްރެޝަރެއްކުޅިވަރު | 14 ދުވަސް ކުރިން