logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ކުޅިވަރު

ކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލި

އަބްދުﷲ ޣާނިމް
31 އޯގަސްޓު 2025 - 15:55
ކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލި

ޕްރިމިއަރ ލީގުގައި ބޮޑެތި ޚަރަދުތަކެއް ކޮށް ސީޒަނާ ކުރިމަތިލި ސިޓީ އަނެއްކާވެސް ބަލިވެއްޖެއެވެ. ލީގުގެ މެޗްޑޭ ތިނެއްގައި ސިޓީ ބަލިވީ ބްރައިޓަން އާއި ވާދަކޮށް 2-1 އިންނެވެ. މިއާއެކު ސިޓީ ވަނީ ޖެހިޖެހިގެން ދެވަނަ ބަލިވެފައެވެ.

ސިޓީ މިދިޔަ ސީޒަންގެ ލިބުނު ދަށް ނަތީޖާ ތަކާއެކު މި ސީޒަނާ ކުރިމަތިލީ އަލަށް 6 ކުޅުންތެރިއެއްގެ ސޮޔާއެކުގައެވެ. މި ސީޒަނުގައި މިހާތަނަށް ތިން މެޗެއް ކުޅެފައިވާއިރު، މިދިޔަ ހަފްތާ ބަންދުގައި ސިޓީ ވަނީ ޓޮޓްނަމް އަތުން އަމިއްލަ ދަނޑުގައި ބަލިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސިޓީގެ ސްޓްރައިކަރު އާލިންގ ހާލަންޑެވެ. މިއީ އޭނާގެ ޕްރިމިއަރ ލީގުގެ 100 ވަނަ މެޗުގައި ޖެހި 88 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންގެ ކޯޗު ފެބިއަން ހާޒެލަރ ގެނައި ބަދަލުތަކާ އެކު މެޗުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

ބްރައިޓަންގެ ފުރަތަމަ ލަނޑު ޖެހީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނަރެވެ. މިއީ އޭނާ ބްރައިޓަންގެ ޖާޒީގައި ޖެހި ފުރަތަމަ ލަނޑެވެ. މި ލަނޑު ޖެހުމާ އެކު މިލްނަރަކީ ޕްރިމިއަރ ލީގުގެ ތާރީހުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

މެޗުން ބްރައިޓަން މޮޅުކޮށްދިން ގޯލުޖަހައިދިނީ މެޗު ނިމޭން މިނެޓަކަށް ވެފައިވަނިކޮށް ބްރަޖަން ގްރޫޑާއެވެ.

މިއީ 2004-05 ވަނަ އަހަރުގެ ފަހުން ސިޓީއަށް ސީޒަނެއްގެ ފުރަތަމަ ތިން މެޗުން ދެ މެޗު ބަލިވި ފުރަތަމަ ފަހަރެވެ. ޕްރިމިއަރ ލީގުގެ ތާރީހުގައި ފުރަތަމަ ތިން މެޗުން ދެ މެޗު ބަލިވެ، ޗެމްޕިއަންކަން ހޯދާފައިވަނީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 1992-93 ވަނަ އަހަރުގެ ސީޒަނުގައެވެ.

މި މެޗަކީ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ސީރިއަސް އަނިޔާއަކަށްފަހު ފުރަތަމަ ފަހަރަށް ކުޅުނު މެޗެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓޮޓެންހެމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރޮޑްރީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު މެޗަކުން 90 މިނެޓުތެރޭގައި ބަލިވި ފުރަތަމަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިކުޅިވަރު | 15 ދުވަސް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 21 ދުވަސް ކުރިންޕްރިމިއާ ލީގު ކާމިޔާބުކުރިތާ 10 އަހަރު ފަހުން ލެސްޓާ ސިޓީ ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެކުޅިވަރު | 2 މަސް ކުރިންކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | 2 މަސް ކުރިން