logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވީއޭއާރުގެ މަދަދާއެކު ޗެލްސީ ކުރިޔަށް، ގަރނަޗޯ ބްރިޖްގައި ހެވިފައި

އަބްދުﷲ ޣާނިމް
30 އޯގަސްޓު 2025 - 17:00
ވީއޭއާރު ޗެލްސީ މެޗުގައި
ވީއޭއާރު ޗެލްސީ މެޗުގައި

ޗެލްސީން ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެ، ޕްރިމިއަރ ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. ނަމަވެސް މި މެޗުގައި ވީ.އޭ.އާރު ނިންމުންތަކާ ގުޅިގެން ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޖޮޝް ކިންގް ވަނީ ފުލްހަމްއަށް ލީޑު ހޯދައިދިން ގޯލެއް ޖަހާފައެވެ. ނަމަވެސް މި ގޯލު ވަނީ ވީ.އޭ.އާރުގެ އެހީގައި ބާތިލްކޮށްފައެވެ. އެއީ ގޯލުގެ ކުރިން ރޮޑްރިގޯ މުނިޒް، ޓްރެވޯ ޗަލޮބާއާ ދެކޮޅަށް ކުރި ފައުލެއްގެ ސަބަބުންނެވެ. ރެފްރީ ރޮބް ޖޯންސް ވީ.އޭ.އާރު ސްކްރީނުން މި މަންޒަރު ބެލުމަށްފަހު ގޯލު ބާތިލްކުރި ނިންމުމަކީ ފުލްހަމްގެ ފުރަތަމަ ހާފުގެ މޮޅު ކުޅުމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާފްޓައިމްގެ ކުރިން ޗެލްސީގެ ބްރެޒިލްގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ ވަނީ ބޮލުން ގޯލެއް ޖަހައި ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުފެށިގެން ކުރީކޮޅުގައި ވީ.އޭ.އާރުގެ ނިންމުމަކުން ޗެލްސީއަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރަޔަން ސެސެގްނޮން ގެ އަތުގައި ބޯޅަޖެހިގެންނެވެ. ނަމަވެސް ރިޕްލައި އިން ފެންނަގޮތުން އޭގެ ކުރިން ޗެސްލީގެ ޖޯއާއޯ ޕެޑްރޯގެ އަތުގައިވެސް ޖެހެއެވެ. ގިނަވަގުތުތަކެއްގައި ވީއޭއާރު ޗެކްކުރުމަށްފަހު ލިބުނު ޕެނަލްޓީގައި ކެޕްޓަން ފެނާންޑޭޒް ވަނީ ގޯލުޖަހައި މެޗުގެ ތިން ޕޮއިންޓް ހޯދައިދީފައެވެ.

w640xh480_GettyImages-2232161273.jpg

ކެޕްޓަން އެންޒޯ ގޯލުޖެހުމަށްފަހު

މީގެ އިތުރުން މިމެޗު ހިނގަމުންދިޔަ ވަގުތުގައި ޗެލްސީއާއި އަލަށް ގުޅުމަށް ހަމަޖެހިފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ގަރނަޗޯ ވަނީ ޗެސްލީގެ ސްޓެމްފޯޑް ބްރިޖުން ފެނިފައެވެ. މިކުޅުންތެރިޔާ ޗެލްސީއަށް ސޮއިކުރިކަން މިހާރުވަނީ އިޢުލާނުކޮށްފައެވެ. އާޖެންޓީނާގެ މި ކުޅުންތެރިޔާގެ ސޮއިކުރުމާއެކު ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު އުންމީދުތަކެއް އުފެދިފައިވެއެވެ.

GzmPVdDagAAbE8U.jpg

ގަރނަޗޯ ބްރިޖްގައި

IMG_0442.jpeg

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 2 ދުވަސް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | 8 ދުވަސް ކުރިންޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށްކުޅިވަރު | 16 ދުވަސް ކުރިންމެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފިކުޅިވަރު | 17 ދުވަސް ކުރިން