logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭޝިއަން އެތްލެޓިކްސް ލީޑަރޝިޕް އެވޯޑް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއަށް

އަބްދުﷲ ޣާނިމް
25 މޭ 2025 - 05:08
މުހައްމަދު ޠަލާލްއަށް އެވޯޑް އަރުވަނީ. ފޮޓޯ: އެކްސް
މުހައްމަދު ޠަލާލްއަށް އެވޯޑް އަރުވަނީ. ފޮޓޯ: އެކްސް

ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި މިހާރުގެ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއަށް އޭޝިއަން އެތުލެޓިކްސްގެ ފަރާތުން ލީޑަޝިޕް އެވޯޑް އަރުވައިފިއެވެ. މި ޝަރަފުވެރި އެވޯޑް އަރުވާފައިވަނީ މިހާރު ދެކުނު ކޮރެއާގައި ކުރިޔަށްދާ އޭޝިއަން އެތްލެޓިކްސް ކޮންގްރެސް 2025 ގައެވެ.

އޭޝިއަން އެތުލެޓިކްސްއިން މި އެވޯޑް ދިނުމަށް ނިންމާފައިވަނީ ޠަލާލް ސަރަހައްދީ ފެންވަރުގަޔާއި ރާއްޖޭގެ އެތުލެޓިކްސް ދާއިރާއިން ކުރައްވަމުން ގެންދަވާ ޝައުގުވެރިކަމާއެކުގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ޠަލާލަކީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެފަދަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

2012 ވަނަ އަހަރު އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޠަލާލްގެ ލީޑަރޝިޕްގެ ދަށުން ރާއްޖޭގެ އެތްލެޓިކްސްއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯއްދަވާފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއަށް ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކުން ލިބުނު އެންމެ ފުރަތަމަ ރަން މެޑަލް ހިމެނެއެވެ. އަދި މީގެ އިތުރުންވެސް ގިނަ މުބާރާތްތަކަކުން ދިވެހި އެތްލީޓުން ވަނީ އެތައް ކާމިޔާބީތަކެއް ހޯދައިދީފައެވެ.

ޠަލާލްގެ ކުޅިވަރުގެ ދާއިރާގެ ހިދުމަތުގެ ތެރޭގައި 2021 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވުން ހިމެނެއެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ޖެހިޖެހިގެން ތިން ދައުރު ފުރިހަމަކުރެއްވުމަށްފަހު، 2023 ވަނަ އަހަރު އެ މަގާމް ދޫކޮށްލެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

މިކާމިޔާބީއާއި ގުޅިގެން ކުޅިވަރާއި ބެހޭ ވަޒީރުވެސް ވަނީ ތަހުނިޔާ ދަންނަވާފައެވެ. އަދި އޭޝިއާ އާއި ރާއްޖޭގެ ކުޅިވަރަށް މުޙައްމަދު ޠަލާލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ވަޒީރުވަނީ ޝުކުރު ދަންނަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިރިހެނެއްކަން އެނގުމާއެކު، ދުނިޔޭގެ އެންމެ ވަރުގަދަ އަންހެނާގެ މަގާމު ހޯދި އެތުލީޓްގެ މެޑަލް އަތުލައިފިކުޅިވަރު | 12 ގަޑިއިރު ކުރިންގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 3 މަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 5 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 6 މަސް ކުރިން