ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ޤަވާއިދު ހެދުމުގެ މަސައްކަތް ފަށައިފި


25 މޭ 2025 - 12:20
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްބާސް ޝަރީފް މިހެން ވިދާޅުވީ، މި ބިލް ރައީސް ތަސްދީޤުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އައްބާސް ޝަރީފް ވިދާޅުވީ، ބިލާއި ބެހޭގޮތުން އާންމުންނަށް ބޭނުންވާ މައުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބޭއްވުމަށް ޕީޖީ އޮފީހުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މާގިނަ ދުވަހެއް ނުވެ ފޯރަމްތައް ބާއްވައި ބިލްގައި ހުރި ކަންކަމާއި ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދެއްވާނެކަމަށްވެސް އައްވާސް ވިދާޅުވިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މިބިލާއެކު ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް އެ އޮފީހުން މިހާރު ފައްޓަވައިގެން ކުރިއަށްދާކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ދޭންޖެހޭ ތަމްރީންތައް ދެމުންދާނެކަން އައްބާސް ފާހަގަކުރެއްވިއެވެ."ބިލް އަޅުގަނޑުމެން އަތައް ލިބުނީއްސުރެ ބިލަށް 3 މަސްތެރޭގައި ކުރަންޖެހޭ ކަންތައްތަކަށް ތައްޔާރުވަމުންނޭ މިހާރު މިދަނީ. އޮފީހުން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ފެށިއްޖެ. އަދި އެއާއި ބެހޭގޮތުން އަޅުގަނޑުމެން އޮފީހުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތަކުގެ ޕްރޮގްރާމްތައްވެސް މިހާރު ފެށިއްޖެ. މި ތަމްރީންތަކުގެ ތެރޭގައި ފުލުހުންނާއި އެކުގައިވެސް ޕްރޮގްރާމްތަކެއް ކުރިއަށްދާނެ." އައްބާސް ޝަރީފް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި
10 މަސް ކުރިން
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 މަސް ކުރިން
ޕީޖީ އައްޔަން ކުރަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
10 މަސް ކުރިން