logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕުގެ ރަންބޫޓު މިފަހަރު އެމްބާއްޕޭ އަށް

އަބްދުﷲ ޣާނިމް
26 މޭ 2025 - 03:11
އެމްބާއްޕޭ ރެއާލް އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ރަންބޫޓޫ ހޯދާފައި
އެމްބާއްޕޭ ރެއާލް އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ރަންބޫޓޫ ހޯދާފައި

ރިއަލް މެޑްރިޑްގެ ފްރާންސްގެ ތަރި ކައިލިއަން އެމްބާއްޕޭ މި ސީޒަންގެ ޔޫރަޕިއަން ގޯލްޑަން ޝޫ ހޯދައިފައެވެ. މިއީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް މި އެވޯޑު ހޯދި ފަހަރެވެ. މީގެކުރިން އެމްބާއްޕޭ ވަނީ ޗެންޕިއަންސް ލީގުގެ އެއްސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމާއި، ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓާއި ފްރާންސް ލީގު ވަން ގެ ގޯލްޑަން ބޫޓު 6 ފަހަރު ހޯދާފައެވެ.

ލަލީގާގައި 34 މެޗުން 31 ލަނޑު ޖަހައި، އެމްބާއްޕެ ވަނީ ޔޫރަޕުގެ އެންމެ ގިނަ ގޯލުޖެހި އެވޯޑް މިސީޒަނުގައި ހޯދާފައެވެ. ދެވަނައިގައި ސްޕޯޓިންގް ސީޕީގެ ވިކްޓަރ ގިއޯކެރޭޝް 39 ގޯލާއެކު އޮތްއިރު، ތާވަލުގެ ތިންވަނައިގައި29 ގޯލާއެކު އޮތީ މުޙައްމަދު ސަލާޙުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުއެފާގެ ރޭންކިންގގައި އެންމެ މަތީގައިވާ ފަސް ލީގުގެ ކޮއެފިޝަންޓް ފެކްޓަރަކީ 2 އެވެ. އަދި 6 ވަނައިން 22 ވަނައަށް ހުރި ލީގުތަކުގެ ފެކްޓަރަކީ 1.5 އެވެ. މި ގޮތުން ގިއޯކެރެސް އަށްވުރެ އެމްބާއްޕެ 8 ލަނޑު މަދުން ޖެހި ނަމަވެސް، ލާލީގާގެ ކޮއެފިޝަންޓް މަތިވުމުގެ ސަބަބުން އެވޯޑު ލިބުނީ އެމްބާއްޕެ އަށެވެ.

ޕީއެސްޖީން ރިއަލް މެޑްރިޑަށް މިދިޔަ އަހަރު ބަދަލުވި އެމްބާއްޕެ ވަނީ މި ސީޒަންގައި ހުރިހާ މުބާރާތްތަކުން ޖުމްލަ 55 މެޗުން 42 ލަނޑު ޖަހާފައެވެ. ސީޒަންގެ ފެށުމުގައި ވިނީސިއަސް ޖޫނިއަރާއެކު ކުޅުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ފަހުން އޭނާ ވަނީ ރަނގަޅު ފޯމެއް ދައްކާފައެވެ.

މިދިޔައަހަރުގެ ޖޫންމަހުގައި ރެއާލް އަށް ބަދަލުވި އެމްބާއްޕޭ އިންޓަރ ކޮންޓިނެންޓަލް ކަޕާއި ޔޫރަޕިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފައިވާއިރު، މިހާރު ތައްޔާރުވަމުންގެންދަނީ އަންނަ މަހުގައި އަންނަ މަހުގެ ކުރީކޮޅުގައި ކުޅޭ ނޭޝަންސްލީގާއި އަންނަ މަހުގެ މެދުތެރޭގައި ފަށާ ކުލަބު ވޯލްޑްކަޕަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 5 ދުވަސް ކުރިންއެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 6 ދުވަސް ކުރިންއެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއްކުޅިވަރު | 16 ދުވަސް ކުރިން