logo
Bank of Maldives

Bank of Maldives

ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 14،000 ގޭބިސީއަކަށް ޒިޔާރަތްކޮށްފި

އާމިނަތު ޝަފާ
26 މޭ 2025 - 04:24
ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 14،000 ގޭބިސީއަކަށް ޒިޔާރަތްކޮށްފި

ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 14،000 ގޭބިސީއަކަށް ޒިޔާރަތްކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް' ޕްރޮގަރާމަކީ، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން މި ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިހާހިސާބަތް ގާތް ގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | 5 ގަޑިއިރު ކުރިންހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 14،000 ގޭބިސީއަކަށް ޒިޔާރަތްކޮށްފިޚަބަރު | 10 މަސް ކުރިން