ޔޫތު ކޭމްޕް މިފަހަރު ކުޑަގިރީގައި!
26 މޭ 2025 - 04:34

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު މިފަހަރު ކުޑަގިރީގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ކޭމްޕް ކުރިޔަށްދާނީ މެއި މަހުގެ 31 ވަނަ ދުވަހު، ކުޑަގިރީގައި ހެނދުނު 7 އިން ރޭގަނޑު 7އަށެވެ.

Ad by Hajj Corporation
މި ކޭމްޕުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރްކޯޑް ބޭނުންކޮށްގެން ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ.
ތަފާތު ގިނަ ގޭމްތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.
ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.


