logo
ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
26 މޭ 2025 - 05:24
ކޮރަޕްޝަން ހުއްޓުވުމަށް ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ  ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއަރމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

75 ޕޮއިންޓަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށްޚަބަރު | މަހެއް ކުރިންބޭހަށް އަގު ކަނޑައެޅުމުގެ އުސޫލެއްނެތް، އާސަންދަ ލިސްޓަށް ބޭސް އިތުރުކުރަން ދިގު މުއްދަތެއް ހޭދަވޭޚަބަރު | މަހެއް ކުރިންފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 2 މަސް ކުރިންއަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު އަނެއްކާވެސް ހިފަހައްޓައިފިޚަބަރު | 3 މަސް ކުރިން