logo
ޚަބަރު

އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު އަނެއްކާވެސް ހިފަހައްޓައިފި

ހުސައިން ވަސީމް
4 ޖޫން 2025 - 07:08
އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު އަނެއްކާވެސް ހިފަހައްޓައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރްތަކަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފައިވަނިކޮށް އަނެއްކާވެސް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އަކުރަމްގެ ޕާސްޕޯޓު އެންމެ ފުރަތަމަ ހިފެހެއްޓީ މިދިޔަ ޑީސެމްބަރު މަހުއެވެ. އެމައްސަލަ އަކުރަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ހައިކޯޓުން އަމުރު ކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ގަ އެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު އަނެއްކާވެސް ކްރިމިނަލް ކޯޓުން ވަނީ އައު އަމުރެއްގެ ދަށުން އަކުރަމްގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ބިންވެރިޔާ" ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް މިއަދު ވަނީ ހިފަހައްޓާފައެވެ.

ގެދޮރުވެރިޔާ ސްކީމު ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާތީ އަކުރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކިޤަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލައިގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

153 މިލިއަނަށް ބިމެއް ގަނެ، ލާޖައްސައިގެން ވެސް ބީއެމްއެލުން ހުޅުމާލެއިން ބިމެއް ހޯދައިފިޚަބަރު | ދުވަހެއް ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެޚަބަރު | 5 ދުވަސް ކުރިންޤައުމިއްޔަތު އިންސްޓިޓިއުޓު 6 މަސް ދުވަހުގެތެރޭގައި ނިންމަނީޚަބަރު | 11 ދުވަސް ކުރިންއެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ވިޔަފާރި | 12 ދުވަސް ކުރިން