logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަމީމަށް ހަމަލާދިން މައްސަލަ އިސްތިއުނާފަށް

އާމިނަތު ޝަފާ
27 މޭ 2025 - 05:16
ޝަމީމަށް ހަމަލާދިން  މައްސަލަ  އިސްތިއުނާފަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެގެ ވަގުތެއްގައި މައްސަލަ ހައި ކޯޓަށް މައްސަލައިގެ އިސްތިއުނާފު ހުށަހަޅާފައިވާއިރު މައްސަލައިގެ އިސްތިއުނާފުގައި ޕީޖީ އޮފީހުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްދިނުމަށާއި މައްސަލަ އަލުން ބަލަން އެ ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ:

  • ޝަމާލް ހުސައިން - ތ. ގާދިއްފުށި
  • ޒަޔާން ނަސީރު - އދ. މާމިގިލި
  • އަބާން އަބްދުއްހަންނާން - ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފް - ލ. މާމެންދޫ
  • މިދުހަތު އާދަމް - ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން - ލ. ގަން
  • އަހްމަދު މައިސާން ހާޝިމް - ކ. މާލެ

 

މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީކަމަށް ހުކުމުގައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއްޚަބަރު | 2 ގަޑިއިރު ކުރިންޝަމީމަށް ހަމަލާދިން މައްސަލަ އިސްތިއުނާފަށްޚަބަރު | 6 މަސް ކުރިން