މިއީ އިންތިޒާމުތައް އެންމެ ރަނގަޅު ޙައްޖު މޫސުން - ރައީސް


27 މޭ 2025 - 11:31
ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް މިފަހަރުގެ ޙައްޖު މޫސުންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ފަހިވެފައިވާ ލުއިތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ. އަދި މިއަހަރު ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕުގައި ހިމެނޭ 235 ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ޖިއްދާ އެއާޕޯޓުން ރޭ ކިޔާފައިވާ ހޫނު މަރުހަބާ ވެސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެ ގައުމުން އަދާކުރީ ފުރިހަމަ މެހެމާންދާރީއެއް ކަމަށެވެ.
އަދި ކުރިމަގުގައި މިފަހަރަށްވުރެވެސް ޙައްޖުގެ ކަންކަން އިތުރަށް ރަނގަޅުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައިސް ވިދާޅުވިއެވެ. ރައީސްގެ ޕޯސްޓްގައިވަނީ ދިވެހި ޙައްޖުވެރިންނަށް ފަހިވެފައިވާ ފުރުސަތުތަކަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރާކަމަށާއި، ސަޢުދީން ފޯރުކޮށްދެއްވާ ރަނގަޅު ޚިދުމަތަށްޓަކައި، އެޤައުމުގެ ސަރުކާރަށްވެސް އެމަނިކުފަނުވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހި ހުރިހާ ޙާޖީންނަށްވެސް މަބްރޫރް ޙައްޖަކަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ އެއަރޕޯޓުގައިވެސް ޙައްޖުވެރިންނަށް ޚާއްޞަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން، ޙައްޖުވެރިންނަށް ކަނޑައެޅިފައިވާ ޓަރމިނަލްއަށް ވަޑައިގަތުމާއެކު، އެ ބޭފުޅުންނަށް ހަމަޖެހިފައިވާ ހޮޓަލަށް ވަގުތުން ވަޑައިގެންނެވޭނެއެވެ. އަދި ފޮށިތައްވެސް ސީދާ ހޮޓަލަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢޫދީ ސަރުކާރުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއަރ މިނިސްޓްރީގެ ދަށުން ތަންފީޒުކުރަމުންދާ، ސަޢޫދީ ވިޝަން 2030 ގައި ހިމެނޭ މުހިންމު އިނީޝިއޭޓިވްއެކެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
10 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން