logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިމި މިއަހަރު ހުޅުވާނެ

އަޙްމަދު ޒަލީފް
17 ސެޕްޓެމްބަރު 2024 - 15:00
ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިމި މިއަހަރު ހުޅުވާނެ

ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިމި މިއަހަރު ހުޅުވާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ކެޓް ޝެލްޓަރ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާ އެ މަސައްކަތް ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ ކެޓް ޝެލްޓަރއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުހިންމު އިސްކަމެއް ދެއްވައިގެން ކުރަން ފެށި މަސައްކަތެއްކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ވަގުތީ ކެޓް ޝެލްޓަރ އިމާރާތުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ އެ ސަރަހައްދަށް ކަރަންޓާއި ފެނުގެ އިތުރުން ނަރުދަމާ ނިޒާމްގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. 

" ހަމައެއާއެކުގައި އެތަނުގައި އަޅުގަނޑުމެން އިންނާނެ އެނިމަލް އެކި ކަހަލަ ކަންކަން ތަހުލީލު ކުރެވޭ ލެބޯޓަރީއަކާއި ވެޓްނަރީ ކްލިނިކަކާއި އޮފީސް ބޭސްއެއް. ޕްލަސް ބުޅާތައް ގެންގުޅޭ ތަނަކާއި. އެހެންވީމައި މި ހުރިހާ ކަމަކަށް އެކުލަވާލެވިފައިވާ އިމާރާތް މިހާރު ވަނީ ނިމިފައި. ދެން ޔުޓިލިޓީގެ މަސައްކަތް ކުރެވެމުންދާއިރު ތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން. އަދި ހާފްއޮފްދި އިކުޕްއިޕްމަންޓް ވަނީ ބަޔަކާއި ހަވާލުކޮށްފައި" ވަޒީރު ރަމީލާ ވިދާޅުވިއެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ ކެޓް ޝެލްޓަރއަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ ސަރުކާރަށް 1 އަހަރު ފުރުމުގެ ކުރިން ކެޓް ޝެލްޓަރ ހުޅުވާ ޚިދުމަތް ދިނުންކަމަށެވެ. 

މަގުތަމީ އުޅޭ ބުޅާތަކަށް އަމާޒުކޮށްގެން ކެޓް ޗެލްޓަރ ހުޅުވިނަމަވެސް އެތަނުގެ ވެޓްނަރީ ކްލިނިކުން އެހެނިހެން ޖަނަވާރުތަކަށްވެސް ޚިދުމަތް ދެވޭނެކަމަށާއި، އެގޮތުން އެތަން ނެޝަނަލް ވެޓްނަރީ ކްލިނިކަށް ބަދަލުވެގެން ދާއިރު ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލު ގެންނަން މަސައްކަތްކުރެއްވީ ރައީސް މުއިއްޒު: ނަރީޝްޚަބަރު | އަހަރެއް ކުރިންވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިމި މިއަހަރު ހުޅުވާނެޚަބަރު | އަހަރެއް ކުރިން