logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލު ގެންނަން މަސައްކަތްކުރެއްވީ ރައީސް މުއިއްޒު: ނަރީޝް

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2024 - 13:29
ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް
ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މައްސަކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް މާލޭގެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ‏މާލެ އަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މައްސަކަތް ފެށުނީ މާލޭ ސިޓީ މޭޔަރަކަށް ރައީސް މުއިއޒު ހުންނަވާ ފެއްޓެވި މަސައްކަތުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލްގައި ރައީސް މުއިއްޒު ހުންނަވާ ޓޯޓަލް ސޮލިއުޝަން ބުޅަލުގެ މައްސަލައެއް ހޯއްދަވަން ކުރަމުން އައި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުންކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސްކަމަށް އިންތިހާބު ވުމާއި އެކު ފުރަތަމަ އަހަރު ތެރޭ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެން އެނިމަލް ވެލްފެއާރ އާއި ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކު ސަރުކާރުން ހުޅުމާލެ އިން ފަހިކޮށްދިން ބިމުގައި މިހާރު ވަނީ ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމި އަންނަމަހު ކުރީކޮޅު ހުޅުވަން ތައްޔާރުވެފައިކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

މިއީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުންކަމަށްވީއިރު މާލޭގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ނަރީޝްވަނީ ޝުކުރު ދަންނަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާތީ އިދިކޮޅު ލީޑަރުންނަށް ހަޖަމެއްނުވޭ: ނަރީޝްޚަބަރު | 5 ގަޑިއިރު ކުރިންޖަޖުކުރަން އަދި މާ އަވަސް، 2028ގައި ރައްޔިތުން ހެޔޮހިތުން ރައީސަށް ވޯޓު ދޭނެ: ނަރީސްޚަބަރު | 3 މަސް ކުރިންފިތުނަ އުފައްދައި ގައުމު ހަލަބޮލި ކުރުމުން ރައްޔިތަކަށް މޮޅެއްނެތް: ނަރީޝްޚަބަރު | 5 މަސް ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | އަހަރެއް ކުރިން