logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ޖަޖުކުރަން އަދި މާ އަވަސް، 2028ގައި ރައްޔިތުން ހެޔޮހިތުން ރައީސަށް ވޯޓު ދޭނެ: ނަރީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ސެޕްޓެމްބަރު 2025 - 16:46
ނަރީޝް
ނަރީޝް

208 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާ ބުގައި ރައްޔިތުން ހެޔޮހިތުން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދޭނެކަމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަހްމަދު ނަރީޝް ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީ ގެނެސްދީ ''މައުޟޫ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، އިދިކޮޅުގައި ތިބީ ޤައުމަށް ހެޔޮ އެދޭ ބަޔެއްނޫންކަމަށެވެ. މިގޮތުން އެމްޑީޕީން ވަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކުން އެއްލައްހަ ރުފިޔާ އަށް ވުރެ މަތިން ދަރުވާލާފައި ކަމަށް ނަރީޝް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިދިކޮޅުގައި މަސައްކަތްކުރަށްވާ އަނެއް ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމާއި ގުޅޭގޮތުން ނަރީޝް ވިދާޅުވީ، ރައީސް މުޢިއްޒަށް ރަނގަޅު ''އެޑްވައިޒެއް ނުދެއްވާނެ'' ކަމަށް ޔާމީން ވިދާޅުވާކަމަށާއި، ޤައުމަށް ހެޔޮއެދޭނަމަ ކަންކުރަންވާނީ އެހެން ނޫންކަމަށެވެ. އަދި ޤައުމަށް ހެޔޮއެދޭ ބޭފުޅެއްނަމަ އެ ބޭފުޅަކަށް ކަންކަން ރަނގަޅުކޮށް ކުރިއަށްދެވޭނެ މަގެއްކަމަށް ފެންނަ ލަފަޔެއް ދޭންވީ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އިދިކޮޅުގައި ތިބި ފަރާތްތަކުގެ ކިބައިން ފެންނަނީ މީހުންގެ އަބުރަށް އަރައިގަނެ، ފާޑުފާޑުގެ ނަން ކިޔައި މީހުންނަށް މަލާމާތާއި ފުރައްސާރަކުރާތަން ކަމަށެވެ. އަދި އެއީ ގައުމަށް ހެޔޮ އެދޭ ބަޔެއްކަމުގައި ނުބެލެވޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުގެ ޕާފޯމެންސާއި ގުޅުވައި ވާހަކަދައްކަން އަދި މާ އަވަސް ކަމަށާއި، އަދި މިއުޅެނީ މި ވެރިކަމަށް ދެ އަހަރު ނުވެގެން ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ކަންކަން ތަރުތީބުން ވިސްނުންތެރިކަމާއެކު ގެންދަވާ ވެރިއެއްކަމަށާއި، އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ކާމިޔާބު ހާސިލް ކުރަށްވައި، ގައުމަށް ތަރައްގީގެނެސްދެއްވައި ނަތީޖާ ނެރެދެއްވާނެކަމަށެވެ.

ނަރީޝް ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ބަލައިގަނެ، ރައްޔިތުން 2028 ގައި ހެޔޮހިތުން އެމަނިކުފާނަށް ވޯޓު ދޭނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 2 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި ޚަބަރު | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިޚަބަރު | 3 ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިން