އައިޖީއެމް ހޮސްޕިޓަލުގެ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގު ހުޅުވައިފި

.jpg&w=3840&q=75)
27 މޭ 2025 - 13:42
އައިޖީއެމް ހޮސްޕިޓަލުގައި ޤާއިމްކުރި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިއަދު މިތަން ރަސްމީކޮށް ހުޅުއްވައިދެއްވިއިރު، އެތަނަކީ ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި، ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި، ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ޕޭޝަންޓުން އެދުމަތިކުރާނެތަނެވެ. މިތަނުގައި މުޅި ޖުމްލަ 75 އެނދު ހުންނާނެއެވެ.
މި ވިންގު ހުޅުއްވައިދެއްވުމަށްފަހު، ރައީސް ވަނީ އެތަން ބައްލަވައިލައްވާފައެވެ.
މި އެނދުތަކާއެކު މުޅި އައިޖީއެމްްއެޗްގެ އެނދުގެ އަދަދު 510 އަށް ވަނީ އިތުރުވެފައެވެ.
މި ވިންގު ހުޅުވުމަށް މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އެކަނި ވެސް އައިޖީއެމްއެޗްއަށް 194 އެނދު ވަނީ އިތުރުކުރެވިފައެވެ. އެގޮތުން އެއީ މާލެ ސަރަހައްދުގެ ސިއްޚީ ފެންވަރު ކުރިއެރުވުމުގެ ގޮތުން ޤާއިމްކުރެވުނު އެނދުތަކެއްކަން ފާހަގަކުރައްވައި ރައްޒާގު ވަނީ، ސިއްހީ ދާއިރާއަށް ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަން ވެސް ހާމަކުރައްވާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
އަހަރެއް ކުރިން