logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
17 ސެޕްޓެމްބަރު 2024 - 15:11
އެންޔަވަރަމެންޓް މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން.
އެންޔަވަރަމެންޓް މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން.

ރާއްޖޭގައި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ފަރާތުން މި ހުށާހެޅުން ހުށަހަޅާފައިވަނީ، މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންޑް އެނާރޖީ އާއި ސިންގަޕޫރުގެ ޗީ އެނާރޖީ ކުންފުންޏާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ، މިނިސްޓަރު ޠާރިޤް އިބްރާހީމް އެވެ. ޗީ (ސިންގަރޕޫރ) އެނަރޖީގެ ފަރާތުން ހުށަހެޅި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ޗީ އެނާރޖީގެ ފަރާތުން ވަނީ ޕްރޮޕޯސަލްއެއް ހުށަހަޅާފައެވެ. އެ ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ހިމެނެއެވެ.

މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން ހަލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 21 ދުވަސް ކުރިންދިރޭތަކެތި ހިމާޔަތް ކުރާ ރޭންޖާސް ކޯސް، 17 ބައިވެރިއަކު ފުރިހަމަކޮށްފި ޚަބަރު | 2 މަސް ކުރިން5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްޚަބަރު | 4 މަސް ކުރިންފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން