logo
Bank of Maldives

Bank of Maldives

ޚަބަރު

5 މިލިއަން ގަސް ޕްރޮގްރާމް: ލަންކާ ސަރުކާރުން ހަދިޔާ ކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2025 - 18:18
5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "5 މިލިއަން ގަސް" ޕްރޮގްރާމަށް، ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފިކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ ތިމާވެށީގެ މައިގަނޑު އެއް ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން، ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް އާލާކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން ބުނީ، ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު، ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ގަސްތައް ފޮނުވާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ޝައުޤުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ދެ ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.

މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ރޭވިފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ އިންތިޒާމުތައް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށާއި، ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓްކުރުމަށް ބެނަރެއް ފޮނުވާފައިވާ ކަމަށްވެސް ވުޒާރާއިން ހާމަކުރިއެވެ.

އަދި މ. އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މި ހިނގާ ޖޫން މަހުގެ ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ދިން މަޢުލޫމާތުގައިވާ ގޮތުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 565,000 ގަސް އިންދިފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 10 ދުވަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | މަހެއް ކުރިންޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފިޚަބަރު | މަހެއް ކުރިންކަމަދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއްޚަބަރު | 2 މަސް ކުރިން