logo
Bank of Maldives

Bank of Maldives

ޚަބަރު

މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާ ގަވައިދެއް ހަދަނީ

އައިޝަތު ނަޝާ
30 މާރިޗު 2026 - 11:48
މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާ ގަވައިދެއް ހަދަނީ

ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށްޓަކައި، ރަށްރަށުގެ މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުން ހުއްޓުވުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގަވައިދާ ޚިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރުމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަމުންދާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

"ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި، ރާއްޖޭގެ ގުދުރަތީ ވަސީލަތަކީ ވެސް ރަނގަޅު ގޮތުގައި ބަލަހައްޓަންޖެހޭ ތަނެއް. ސަބަބަކީ އެކަމަކީ ސީދާ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިހުރި ކަމަށްކަށް ވާތީ ވެށި ހަލާކުވުމުން އެކަމުގެ އަސަރު އިގްތިސޯދީ ގޮތުން ވެސް ކުރާނެތީ" ތިމާވެއްޓާބެހޭ ވަޒީރު ތޯރިޤް އިބްރާހިމް

ވަޒީރު އިތުރަށް ވިދާޅުވީ ރަށްރަށުގައި ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އެޅާ އަދި ގޮނޑުދޮށަށް ކުނިއެޅާ ފަރާތްތައް މި ގަނޫނުގެ ދަށުން 'ލައެބަލް' ކުރުވާނެ ކަމަށާއި،އަދި އޭގެ އިތުރަށް ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ވެސް ކުރާނެކަމަށެވެ.

ވަށައިޖެހޭ ގޮތަކަށް ކުނި މެނޭޖުކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރައްވައި ވަޒީރު ތޯރިގު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރެވެން އޮތީ ރައްޔިތުން ވެސް ހޭލުންތެރިވެގެން ކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރިކުރަން ސަރުކާރުން ވެސް މަސައްކަތްކުރާނެކަން ތޯރިގު ފާހަގަކުރެއްވިއެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ކުނި މެނޭޖުނުކުރެވި، ކުނީގެ އުނދަގުލުން ސަލާމަތްވާން އިޖުތިމާއީ ފެންވަރުގައި ވެސް އެކިއެކި މަސައްކަތް ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާ ގަވައިދެއް ހަދަނީޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރިޚަބަރު | 2 މަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 3 މަސް ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 3 މަސް ކުރިން