logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރި

މުޙައްމަދު އަފްރާޙް
24 މާރިޗު 2026 - 10:10
މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރި

މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރި ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހަކަތައިގެ ހާލަތު އޮތް ގޮތުގެ ތަފުސީލުތައް ހާމަކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޠާރިޤު ވިދާޅުވީ، ނިމުނު އަހަރު 10 ބިލިޔަން ރުފިޔާ ތެޔޮ އެތެރެކުރުމަށް ހަރަދުކުރިއިރު، އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %10 ކަމަށެވެ. އަދި މި ފައިސާއަކީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރުގައި ޚަރަދުކުރި ފައިސާކަމަަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ތޯރިގް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައިވެސް މައިގަނޑު ގޮތެއްގައި އުފައްދަނީ ތެޔޮ ބޭނުންކޮށްގެން ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ހަކަތަ ޔަގީންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާ، ވިދާޅުވީ އައު ޖަނަރޭޓަރު ގެނައުމާއި ރަށްރަށުގެ ކަރަންޓު ވިއުގަ އިތުރަށް ތަރައްގީކުރުމާއި، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން ބެޓަރީ ސްޓޮރޭޖު މިންވަރު އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް 115 މެގަވޯޓުގެ ކެޕޭސިޓީގެ 157 ޖަނަރޭޓަރު ރަށްތަކަށް ފޮނުވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރިޚަބަރު | 2 ގަޑިއިރު ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 10 ދުވަސް ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 23 ދުވަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | 2 މަސް ކުރިން