logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމީ އޮބްޒަވޭޓަރީ މާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޖޫން 2026 - 19:54
މޫސުމީ އޮބްޒަވޭޓަރީ މާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ނ. މާފަރުގައި ރާއްޖޭގެ މޫސުމާ ބެހޭ ހަވަނަ އޮބްޒަވޭޓަރީ ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއީ ރާއްޖޭގެ މޫސުމީ ވިއުގަ ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންވަޔަރުމެންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މި ހިދުމަތް ގާއިމުކުރަނީ މެޓް އޮފީހާއި، އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން މިއަދު ވަނީ އެއާޕޯޓުގައި މޫސުން ބަލާ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި ސްޓޭޝަނުގެ އެހީގައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ވައިގެ ދަތުރުފަތުރަށް ބޭނުންވާ މޫސުމީ ރިޕޯޓުތައް އިތުބާރާއެކު ލިބެންހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އާއި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (ސޯފް) ގުޅިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މަޝްރޫއެއްގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން މާފަރުގައި އާ އޮބްޒަވޭޓަރީއެއް ހެދުމުގެ އިތުރުން، ރާއްޖޭގައި މިހާރު ހުރި މޫސުން ބަލާ ސްޓޭޝަންތަކުގެ ފެންވަރު މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ގާއިމުކޮށްފައިވަނީ ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ގަމުގައެވެ. މާފަރުގެ އޮބްޒަވޭޓަރީ ފުރިހަމަވުމުން، ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) ގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ރާއްޖޭގެ މޫސުމީ ނިޒާމު ފެތިގެންދާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން އައްޑޫ ގަމުގައި ހުންނަ ވައިގެ މަތީ ފަށަލަތަކުގެ މޫސުން ބަލާ "ރޭޑިއޯސޮންޑޭ" ނިޒާމު މަރާމާތުކޮށް، އަލުން ބޭނުންކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ އޮބްޒަވޭޓަރީ މާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 2 މަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | 4 މަސް ކުރިންޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފިޚަބަރު | 4 މަސް ކުރިން