logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޯގަސްޓު 2026 - 09:17
އޮޑިޓަރ ޖެނެރަލް ނިޔާޒީ ތިލަފުށީގައި، ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ
އޮޑިޓަރ ޖެނެރަލް ނިޔާޒީ ތިލަފުށީގައި، ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

 

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒު، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސް ވެރިންނާ އެކު ތިލަފުށީގެ ކުނި މެނޭޖްކުރާ މަރުކަޒަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.

މީގެއިތުރުން، މި ޒިޔާރަތުގައި ތިލަފުށީގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް ޓީމުގެ ބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ. އަދި އެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ވަނީ އޮޅުންފިލުއްވާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެވޭ ޚިދުމަތްތަކާއި ޤާއިމުކުރެވިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރުކަން އިތުރުކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަކީ ސާފުތާހިރު، ދެމެހެއްޓެނިވި ވެއްޓެއް އޮތް ޤައުމަކަށް ހެދުމަށް އެއްބާރުލުން ދިނުން ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތުގެ %50 ނިމިއްޖެޚަބަރު | 3 ގަޑިއިރު ކުރިންކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | 3 ދުވަސް ކުރިން ހުޅުމާލެ އޮޑިޓަރ ޖެނެރަލް އޮފީސް އިމާރާތުގެ މަސައްކަތް ފަށައިފި ޚަބަރު | 5 ދުވަސް ކުރިންބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފިޚަބަރު | 8 ދުވަސް ކުރިން