logo
MPL

MPL

ޚަބަރު

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެއް ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖުލައި 2026 - 15:39
24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެއް

ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ އެ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމުތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ ސިޔާސަތުގެ ދަށުން، 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިހާރު ފެށިފައިވާ މި މަޝްރޫއުތަކަކީ އެ އަމާޒަށް ވާސިލްވުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެގެން ދިއުމުގެ އިތުރުން، އިގްތިސާދީ ގޮތުން ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން، ކަރަންޓު އުފެއްދުމަށްޓަކައި ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ މި މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މި މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭހެން ހޮވާލެވިފައިވާ 24 ރަށެއްގައެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އައު އުސްމިންތަކަކަށް ގެންގޮސް، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ މަޝްރޫއެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯލާ ހަކަތައިން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ބޮޑު މަޝްރޫޢެއްޚަބަރު | 9 ދުވަސް ކުރިންކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | މަހެއް ކުރިންބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފިޚަބަރު | މަހެއް ކުރިންތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް ހަރުދަނާކުރަން ޔޫއެންޑީޕީއާއެކު ސޮއިކޮށްފިޚަބަރު | މަހެއް ކުރިން