ރާއްޖޭގައި، ދުވާލަކު ބޮލަކަށް 123 ލީޓަރު ފެން މީރުކުރޭ
20 ޖުލައި 2026 - 11:01

ރާއްޖޭގެ އާބާދީގެ ނިސްބަތުން ދުވާލަކު ބޮލަކަށް 123 ލީޓަރު ފެން މީރުކުރާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރަކު 19 މިލިޔަން ކިއުބިކް މީޓަރުގެ ލޮނު ފެން މީރު ފެނަށް ބަދަލުކުރެ އެވެ. މަހުން މަހަށް ބަލާއިރު، އެއީ 1.6 މިލިޔަން ކިއުބިކް މީޓަރު ފެނެވެ. އަދި އެއީ އާބަދީގެ ނިސްބަތުން ބޮލަކަށް ބަލައިފިއްޔާ ދުވަލަކަށް 122.63 ލީޓަރުގެ ފެނެވެ.

Ad by Hajj Corporation
އެންވަޔަރަމެންޓް މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވީ އާންމު ބޭނުމަށް ދުވާލަކު ބޮލަކަށް ފޯރުކޮށްދޭން ކަނޑައަޅާފައިވާ މިންގަނޑަކީ 50 ލީޓަރު ފެން ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ފެން އުފައްދާ މިންވަރު ރަނގަޅު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.
ރާއްޖޭގައި މިއަދަދަށް ފެން އުފެއްދި ނަމަވެސް ބައެއް ރަށްރަށުގައި މީރުކުރާ ފެން އެ މިންވަރަށް ބޭނުން ނުކުރާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ފެން ބޭނުން ނުކުރަނީ އެ ރަށްރަށުގެ ބިމުގެ ފެން އަދިވެސް ލޮނުނުވާތީ ކަމަށާއި ތާނގީތަކުގައި ވެސް ފެން ރައްކާކޮށްފައި ހުންނަ ކަމަށެވެ.
ޝަރީފު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފެން އުފެއްދުމަކީ ފެނުގެ ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މި މައުލޫމާތުތަކަކީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އަދަދު ތަކެކެވެ.


