logo
Bank of Maldives

Bank of Maldives

ޚަބަރު

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026 މި ޖުލައި މަހު ރާއްޖޭގައި ބާއްވަނީ

މަރިޔަމް މާޙީ
5 ޖުލައި 2026 - 12:36
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026 މި ޖުލައި މަހު ރާއްޖޭގައި ބާއްވަނީ

"ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026" މި ހިނގާ ޖުލައި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން (WGEO) އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (AOSIS) ގުޅިގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 29 އިން 30 އަށް، ކުރުމްބާ މޯލްޑިވްސްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ބުނީ، މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި ތަހައްމަލުކުރެވޭނެ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށެވެ. އަދި މިފަދަ އިސްތިރާޖީތައް އެކުލަވައިލުމަށް ބޭނުންވާ މާހައުލެއް ގާއިމުކޮށް، އެކަމަށް މަގުފަހިކުރުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއް ކަމަށް ބުންޏެވެ.

މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށާއި، މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިނިސްޓްރީން ދީފައިވާ ކިއުއާރް (QR) ކޯޑް ސްކޭން ކުރައްވައިގެން ނުވަތަ ކަނޑައެޅިފައިވާ ލިންކަށް ޒިޔާރަތް ކުރައްވައިގެން ފުރުސަތު ކަށަވަރު ކުރެއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ފޯރަމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ މުހިންމު ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

މިދިޔަ އަހަރު މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މޮރޮކޯގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026 މި ޖުލައި މަހު ރާއްޖޭގައި ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަތީ ފަންތީގެ ވެބިނާއެއް ބާއްވައިފިޚަބަރު | 8 ދުވަސް ކުރިންމޫސުމީ އޮބްޒަވޭޓަރީ މާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 3 މަސް ކުރިން