logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރުމަށް އެޗްޑީސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 މޭ 2025 - 17:18
ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ނާސަރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރާ ނާސަރީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންވަޔަރަންމަންޓް މިނިސްޓްރީން މި ނާސަރީ ތަރައްގީ ކުރިނަމަވެސް، ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީގެ ދަށުންނެވެ.

އެޗްޑީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު އެއް މިލިއަން ގަސް އެ ކުންފުނިން އިންދާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން އިންދާ އެއް މިލިއަން ގަސް އިންދާނީ ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައެވެ. މި ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަށްތައް ފެހިކުރުމަށް އެ ކުންފުނިން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމަށް ވެސް އެޗްޑީސީން ޔަގީންކަން ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ގްރީން އެނަރޖީ އަށް ބާރުއެޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ އިތުރު ހެއްކެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށަނީޚަބަރު | 3 ދުވަސް ކުރިންއެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީޚަބަރު | 22 ދުވަސް ކުރިންރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް ޚަބަރު | މަހެއް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | މަހެއް ކުރިން