logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރޭތަކެތި ހިމާޔަތް ކުރާ ރޭންޖާސް ކޯސް، 17 ބައިވެރިއަކު ފުރިހަމަކޮށްފި

ޝަހްޒާ މުހައްމަދު
12 ޖުލައި 2025 - 04:41
ދިރޭތަކެތި ހިމާޔަތް ކުރާ ރޭންޖާސް ކޯސް، 17 ބައިވެރިއަކު ފުރިހަމަކޮށްފި

ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ލިބިގެންދިޔަ ފުރަތަމަ ރޭންޖަރސް ތަމްރީނު ކޯސް ފުރިހަމަކުރި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ހިންގި، އަދި އެންދެރި ޕްރޮޖެކްޓުން ފަންޑުކުރި ތާރީޚީ މަސައްކަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމް.އެން.ޔޫ ލ. ގަން ކެމްޕަސްގައެވެ. މި ކޯސް ފުރިހަމަކުރި ޖުމްލަ 17 ދަސްވެނިންނަށް ސެޓްފިކެޓް ދެވުނުއިރު، މީގެ ތެރޭގައި ލ. އަތޮޅުން ސްކޮލަރޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި އެމް.އެން.ޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހައްސާން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންގެ މުހިންމުކަން ފާހަގަކުރައްވައި، މުސްތަޤުބަލުގައި މިފަދަ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިއީ ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތި ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 14 ދުވަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | 3 މަސް ކުރިންޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފިޚަބަރު | 3 މަސް ކުރިންކަމަދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއްޚަބަރު | 3 މަސް ކުރިން