logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފި

މުޙައްމަދު އަފްރާޙް
28 ޖެނުއަރީ 2026 - 05:16
ޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލާ "މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޖެންޑަރ އެކްޝަން ޕްލޭން" ހެދުމާ ގުޅޭ ވޯކްޝޮޕް 26 ޖަނަވަރީ 2026 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އިންތިޒާމުކޮށްގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމީލީ ޑިވެލޮޕްމަންޓްއިއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވޯކްޝޮޕް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިބްރާހީމް މިމްރާޙެވެ. މިނިސްޓްރ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ފޯރާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާ، ބިނާވެރި ކަމާއި މުސުމީ ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާ، ބޯހިޔާވަހިކަން އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބަލާއިރު، މިންތީގެ ތަފާތުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތައް ސާފުކޮށް ފެންނަން ހުރިކަމަށް ފާހަގަކުރެއްވިއެވެ.  

ހަމައެއާއެކު، އަންހެނުންނާއި ޙާއްސަ ސަމާލުކަމެއް ދޭންޖެހޭ ފަރާތްތަކުގައި ހުރި މުހިންމު އިލްމާއި، އަދި އިސްނެގުމުގެ ހުނަރުތައް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕްލޭންތައް އެކުލަވައިލުމާއި އެކަންކަން ތަންފީޒުކުރުމުގައި އެންމެ އެދެވޭ ގޮތެއްގައި ހިފެމުން ނުދާކަން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ތިންވަނަ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް ނުވަތަ ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭންގައި އަންހެނުން ބާރުވެރިކުރުވުމަށް ހަރަކާތްތަކެއް ފާހަގަކޮށްފައިވީ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދައިރާތަކުން މީންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ހާއްސަކޮށްގެން ހަދާ މިއީ ފުރަތަމަ ޕްލޭންކަންވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްއިން ތައްޔާރުކުރާ މި އެކްޝަން ޕްލޭނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި ހޭނުމުގެ ގޮތުން ރާވާ ރޭވުންތަކުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު ހަމަހަމަކޮށް ހިމެނުމަށް މަގުފަހިކޮށްދޭނެ މުހިންމު ޕްލޭންއަކަށްވާނެކަން ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުގައި، ސަރުކާރުގެ އެކި ވުޒާރާތަކުންނާއި، މަދަނީ ޖަމިއްޔާތަކުން އަދި އދ. ގެ އިދާރާތަކުން ބައިވެރިވިއެވެ. ބައިވެރިން ވަނީ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިންތީގެ ތަފާތުތަކަށް ބިނާކޮށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އިސްކަންދޭނެ ދާއިރާތައް ކަންތައް އަލިއަޅުފާލާފައެވެ.

މި އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ " ނެޕް ގްލޯބަލް ނެޓްވޯކް ގެ ފަންނީ އެހީތެރިކަމާއެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 6 ދުވަސް ކުރިންމިހާތަނަށް 4 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެޚަބަރު | 25 ދުވަސް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | މަހެއް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިން