logo
Bank of Maldives

Bank of Maldives

ޚަބަރު

ހަލާލު ޓޫރިޒަމްއާ އެކު 15 ރިސޯޓް ތަރައްގީ ކުރަން ހުޅުވާލައިފި

އަޙުމަދު ރިޝާން
8 އޯގަސްޓު 2026 - 07:37
---
---

ބީލަން އުސޫލުން ރާއްޖޭގެ ހަ އަތޮޅެއްގައި 15 ރިސޯޓެއް ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން އިއުލާންކުރީ ހއ.، ހދ.، ށ.، ނ.، ލ. އަދި އައްޑު އަތޮޅުގަ އެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާންތައް ބުނާ ގޮތުން މީގެ ތެރޭގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ވެސް ރަށްތަކެއް ވަނީ ކަނޑައަޅާފަ އެވެ. ހަލާލު ޓޫރިޒަމް އަށް ހުޅުވާލާފައި ވަނީ ހދ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫ އަތޮޅުންނެވެ. އެ ރަށްތަކަކީ ހދ. މަކުނުދޫ ފަޅު (200 ހެކްޓަރު) ގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށާއި ލ. ފޮނަގާދޫ (8.18 ހެކްޓަރު) ގައި މަދުވެގެން 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށާއި އައްޑޫ ދޮންހެރަ (8.38 ހެކްޓަރު) އާއި އެ ރަށާ ޖެހިގެން އޮންނަ 0.85 ހެކްޓަރުގެ ކުޑަ ފަޅުރަށުގައި މަދުވެގެން 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރާށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހއ.، ހދ. އަދި  ށ. އަތޮޅުގެ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ހއ. މާދުނި ފަރު 1، 2 އަދި 3 (200 ހެކްޓަރުގެ ތިން ސަރަހައްދު) އާއި ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)، ހދ. މާފަރު ފަރު 1، 2 އަދި 3 (200 ހެކްޓަރު) އަދި ށ. ގޮނާ ފަރު 1، 2 އަދި 3 (200 ހެކްޓަރުގެ) ތިން ސަރަހައްދެވެ. މި ހުރިހާ ފަޅުތަކުން ވެސް ކުއްޔަށް ދޭން ނިންމާފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި ތަރައްގީކުރަން ވާނީ، މަދުވެގެން 150 އެނދުގެ ރިސޯޓުތަކެވެ.

ށ. އަތޮޅާއި ނ. އަތޮޅުން ރިސޯޓު ތަރައްގީކުރަން މިނިސްޓްރީން ކުއްޔަށް ދޫކުރާ ރަށްތަކަކީ ށ. ނަލަންދޫ (63.99 ހެކްޓަރު) ގައި މަދުވެގެން 200 އެނދުގެ ރިސޯޓެއް އަދި ނ. ފަރުމުލި (0.41 ހެކްޓަރު ފަޅު ހިއްކޭ ގޮތަށް) މަދުވެގެން 150 އެނދުގެ ރިސޯޓެކެވެ.

ވަކިވަކިން އިއުލާންކޮށްފައިވާ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ނޮވެމްވަރު 17 އާއި 23 އާ ދެމެދުގެ ތާރީހުތަކުގަ އެވެ.  މި ހުރިހާ ތަނެއް ވެސް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

މި ފަޅުތަކާއި ރަށްރަށުގައި ރިސޯޓުތައް ހަދަން ބީލަން ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 ޕަސެންޓުގެ އިނާޔަތެއް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 ޕަސެންޓުގެ އިނާޔަތް ލިބޭނެ އެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިން ޒިޔާރަތްކުރިން އަދަދު 1.3 މިލިއަނަށް، ގިނައީ ޒުވާން އަންހެނުންޚަބަރު | 23 ދުވަސް ކުރިންރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިޚަބަރު | މަހެއް ކުރިންހަލާލު ޓޫރިޒަމްއާ އެކު 15 ރިސޯޓް ތަރައްގީ ކުރަން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 6 މަސް ކުރިން