logo
E-Platinum
ޚަބަރު

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ޖުލައި 26ގައި

ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އައު ޓާމިނަލް ހުންނާނެ ގޮތް -- ފޮޓޯ/ވެލާނާ އެއާޕޯޓު
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އައު ޓާމިނަލް ހުންނާނެ ގޮތް -- ފޮޓޯ/ވެލާނާ އެއާޕޯޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޖުލައި 26ގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިއްޔެ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމުގެ ދެވަނަ އެޑިޝަނުގައެވެ. މި ފޯރަމުގައި އޭވިއޭޝަން ދާއިރާގެ ގިނަ ސްޓޭކް ހޯލްޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެތެރޭގައި އެއާޕޯޓު އަދި އެއާލައިން އޮޕަރޭޓަރުންނާއި، އިންޑަސްޓްރީގެ އޮގަނައިޒަރުން އަދި ޓްރެވަލް ޕްރޮފެޝަނަލުން ހިމެނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި، އެކުގައި މަސައްކަތް ކުރެވޭނެ ގިނަ ގޮތްތަށް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ރާއްޖޭގެ އޭވިއޭޝަން އިންފްރާންސްޓަކްޗަރާއި ޚިދުމަތް ފަތުރުވެރިކަމުގެ ޑިމާންޑާ އެއްގޮތަށް ފޯރުކޮށްދެވޭނެ ގޮތްތައް ވެސް މަޝްވަރާ ކުރިއެވެ.

72،000 އަކަފޫޓު ބޮޑު އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފްސާވިސް ކިއޮސްކްގެ އިތުރުން ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމެއްގެ އިތުރުން އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމްކުރާނެއެވެ.

އެ ޓާމިނަލުގެ މަސައްކަތް ހަވާލުކުރީ ސައުދީގެ ބިން ލާދިން ގްރޫޕަށެވެ. އެ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯދާފައެވެ .ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން ޑްރިލް އެއް ކުރިޔަށް ގެންގޮސްފިޚަބަރު | 4 ދުވަސް ކުރިންވީއައިއޭގެ އާ ޓާމިނަލް ނިންމުމަށް ވީ ވައުދުފުޅު ފުއްދަވައިފި ޚަބަރު | 4 ދުވަސް ކުރިންމިއީ ޤައުމަށް ލިބޭ ފަޚުރެއް، ވީއައިއޭ އާ ޓާރމިނަލް ހިންގާނީ ދިވެހީން - އެމްއޭސީއެލް ޚަބަރު | 8 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއްރިޕޯޓް | 10 ދުވަސް ކުރިން