logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކަށް ފުރުޞަތު ހުޅުވާލައިފި

އަޙްމަދު ޒަލީފް
28 މޭ 2025 - 12:41
މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކަށް ފުރުޞަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައަޅާއިރު އެރަށަކީ މަސްވެރި ރަށެއްތޯ ބަލާނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްތޯ ބަލާއިރު އެރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި އުޅަނދުފަހަރުގެ ޢަދަދަށް ބަލާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށް ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 19ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭނީ ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް މަސްވެރިކަމާއި ބެހޭ ވުޒާރާއަށެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބާއްވާނެ ރަށް ކަނޑައަޅާއިރު އެރަށަކީ ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް މިއަހަރު އެރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، މީގެ ކުރިން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވާ ރަށަކުން ދެވަނަ، ފަހަރަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބަލާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވެ މަސްވެރިންނަށް ގިނަކަންކަންވަނީ ފަހިކޮށްދީފައެވެ. އެގޮތުން މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ މަސްވެރިން ކިރާ މަހަށް ނުލިބިވާ ފައިސާ އެފަރާތްތަތަކަށް ދައްކާ ޚަލާސްކޮށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކަށް ފުރުޞަތު ހުޅުވާލައިފި ޚަބަރު | 6 މަސް ކުރިންމަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކާމިޔާބު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | އަހަރެއް ކުރިންފައިސާ ހަމަޖެހިއްޖެ، މަސްވެރިކަމާ ބެހޭ މާސްޓާރ ޕްލޭނެއް އެކުލަވާލަނީޚަބަރު | އަހަރެއް ކުރިންމަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެއްކުމުގެ މުބާރާތެއް ބާއްވަނީ ޚަބަރު | އަހަރެއް ކުރިން