logoEN
ޚަބަރު

ފިރިހެނަކު މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ.ގެ ގަޑިއެއް ވަގަށް ނަގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

28 މޭ 2025 - 13:14

އަންހެނެއް ގޮތަށް ދައްކައި، މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ އަގުބޮޑު ގަޑިއެއް ވަގަށް ނެގި 47 އަހަރުގެ ފިރިހެނަކު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ ފިހާރައަކުން 67،500 ރުފިޔާގެ "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ. އޭނާ ގަޑި ވަގަށް ނަގާފައިވަނީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރައަށް ވަދެގެންނެވެ. މި ހާދިސާ ފިހާރައިގެ ސީސީޓީވީ ކެމެރާއަށް ރެކޯޑުވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ވަގަށް ނެގި ގަޑި އަދި ހޯދިފައެއް ނުވެއެވެ. ފުލުހުން ބުނާ ގޮތުގައި ގަޑި ވަނީ އެހެން ފަރާތަކަށް ވިއްކާލާފައި ކަމަށް ބެލެވެއެވެ.

ހައްޔަރުކުރެވުނު މީހާއަކީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. މީގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި، ގަތުމާއި، ބޭނުންކުރުމާއި، ކައުންޓަފީޓް ފައިސާ ގެންގުޅުމާއި، ސައިކަލް ވަގަށް ނެގުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި، އަދި ފިހާރަތަކުން ވައްކަންކުރުން ހިމެނެއެވެ.

މި ސަބަބުތަކަށް ބަލައި، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކަނޑައަޅައި، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޮމެންޓް

871x217_placeholder