ރަނގަޅު ނަތީޖާ ނޫން އެއްޗެއް ސިއްހީ ދާއިރާއިން ރައީސް ބޭނުންފުޅެއް ނުވޭ: ނާޒިމް


29 މޭ 2025 - 15:54
ރަނގަޅު ނަތީޖާ ނޫން އެއްޗެއް ސިއްހީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސިއްހަތާ ގުޅުންހުރި ކަންކަމަކީ ރައީސްގެ އެޖެންޑާގައި އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ ކަންކަންކަމަށެވެ.
ދިވެހިންގެ ސިއްހަތާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާރުއަޅުއްވާކަމަށާއި ރަނގަޅު ނަތީޖާ ނޫން އެއްޗެއް މިދާއިރާއިން ރައީސް ބޭނުންފުޅު ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ހެލްތީ ބިގިނިންގް ހޯޕްފުލް ފިއުޗަރސް" ކަން ފާހަގަކުރައްވައި ގައުމު ބިނާކުރުމާ ގައުމުގެ ތަރައްގީ ދެމެހެއްޓޭނީ ދުޅަހޮޔޮ ޖީލެއް ބިނާކުރެވިގެންކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
"ސަރުކާރުގެ ނަތީޖާތަކުން މި ޝިއާރުން ފާހަގަކުރާ ކާމިޔާބީތައް ވަނީ ހާސިލްކުރެވިފައި . ދަރުމަވަންތަ ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރ ގާއިމްކުރެވިއްޖެ. ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ވަނީ ތަންފީޒުކުރަން ފެށިފައި. ފުރިހަމަ ސިއްހަތުގެ އެންމެ ބޮޑު އަދުއްވު ދުންފަތް ކޮންޓްރޯލް ކުރުމަށް ވޭޕް މަނާކުރެވިއްޖެ، ޖެނެރޭޝަނަލް ބޭން ކަނޑައެޅިއްޖެ. ޕްރައިމަރީ ހެލްތް ކެއާ ވަނީ ގާއިމުކުރެވިފައި.".
ހެލްތީ ޗޭންޖަސް އައުމަކީ ޕްރޮސެސްްއެއްކަމަށާއި އިވެންޓެއްނޫން ކަމަށާއި ވުމާއެކު ހެޔޮ ބަދަލުއައުމަށް ވަގުތު ނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކުން ބުނެދެނީ ބަރުހެލި ސިއްހީ ނިޒާމެއްގެ ފަހަތުން ދުވެވެން ނެތްކަންކަމަށް ނާޒިމް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމާލައްވަމުން ސަރުކާރުގެ ސިއްހީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތީ ދާއިރާގެ ހުރި ހުރިހާ މައްސަލަތަކަށް ހައްލު ލިބޭނެހެންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން - މިނިސްޓަރ
9 މަސް ކުރިން
ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފި
9 މަސް ކުރިން
ވިލިމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، ދަތުގެ ޚިދުމަތް ފަށައިފި
8 މަސް ކުރިން