ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ. ހިތަދޫއަށް
.jpg&w=3840&q=75)

30 މޭ 2025 - 04:22
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނީ ސ. ހިތަދޫއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ސ. ހިތަދޫއަށް 50.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ޏ. ފުވައްމުލަކަށް 30.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، 20.5 މިލިމާޓަރުގެ ވާރޭ ވަނީ ސ. ހުޅުމީދޫއަށް ވެހިފައެވެ.
މެޓުން ދައްކާ ގޮތުން އިއްޔެ އެންމެ މަދުން ވާރޭ ވެހުނީ ހދ. ހަނިމާދޫ އަދި ރ. އިފުރު އަށެވެ. އެގޮތުން ހަނިމާދޫއަށާއި އިފުރުއަށް 0.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓް އޮފީހުން ބުނީ މިއަދުވެސް އުތުރާއި މެދުރައްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުންވަނީ މައުލޫމާތު ދީފައެވެ.
ދެކުނާއި ހުޅަނގުދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭކަން ވެސް މެޓުން ވަނީ ބުނެފައެވެ.
އަދި މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އިތުރު ލިޔުންތައް

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
7 މަސް ކުރިން
އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ
6 މަސް ކުރިން
ރާއްޖެ ކައިރީގައި 2 ކޮޅިގަނޑު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
6 މަސް ކުރިން