logoEN
ޚަބަރު

ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު:ޝަކީލް

ހުސައިން ވަސީމްހުސައިން ވަސީމް

31 މޭ 2025 - 13:07

ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖުވެރިންގެ އިންތިޒާމްތަކާ ގުޅޭގޮތުން ޝަކީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ އެންމެންވެސް މިހާރު ތިބީ ސައުދީ އަރަބިއްޔާގައި ދިވެހީންނަށް ހާއްސަކޮށްފައިވާ ހޮޓަލުގައި ކަމަށެވެ. ޝަކީލް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާ އެހެން ނަމަވެސް ވަރަށް ކުދިކުދި ސިއްހީ ކަންތައްތައް އެބަހުރި ކަމަށެވެ. އަދި އެކަންކަމަށް ހައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުތަކުން އެޓެންޑުވަމުންދާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ މިހާރު ތައްޔާރުވަމުން ދަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިނާއަށް ދިއުމަށް ކަމަށެވެ. އެގޮތުން މިނާއަށް ދިއުމަށްޓަކާ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވި އެވެ.

1000 ހައްޖުވެރިން މިހާރު މިވަނީ ހޮޓަލަށް އައިސްފަ ކުރިއަށް މިއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މި ތައްޔާރުވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މިނާއަށް ދިއުމަށް ތައްޔާރުވާން އެހެންްވެ އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު މިވަނީ ވަމުން މީގެ އިތުރުން އަޅުގަނޑުމެން މިވަނީ މިނާގަ ތިބޭ ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތައް ބަލާލާފަ މާދަމާގެ އިތުރުން އަރަފާތުގެ ފޭލިގެތައް ބަލާ ރަނގަޅުކުރަން ހުރިކަމެއްވިއްޔާ ކުރާނަށް

މިއީ ރާއްޖޭގެ ހައްޖުގެ ތާރީހުގައިވެސް ހައްޖުވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ފަހަރެއް ކަމަށް ޝަކީލް ވިދާޅުވި އެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ލިބިގެންދާނެ ފަސޭހަތައް ޝަކީލް ފާހަގކުރެއްވި އެވެ.

ޝަކީލް ވިދާޅުވީ ދިވެހި ހައްޖުވެރިންނަށް ހުރިހާ ކަމެއްވެސް ލުއި ފަސޭހަ ކުރުމަށް ހައްޖު ކޯޕަރޭޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ އެހެން ނަމަވެސް އުންމީދު ނުކުރާ ކަންތައްތަކާވެސް ކުރިމަތިލާންޖެހިދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަންތައްތަކަށް ކެއްތެރިވުމަށް ޝަކީލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާ އަށް ފުރާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓު 250 ޙައްޖުވެރިންނާއި އެކު ފުރާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހި ޙައްޖުވެރިން މިހާރު މައްކާ އަށް ގޮސްފައިވާއިރު މިއަހަރުގެ ޙައްޖަކީ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެކެވެ.

ދިވެހި ޙައްޖުވެރިން، ޙައްޖުގެ މަޝާޢިރުތަކުގައި ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ރައީސްގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މިނާއާއި ޢަރަފާތުގައި މީގެ ކުރިން ނުލިބޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ އަހަރެކެވެ. އެގޮތުން މިނާގެ ކެޓަގަރީ ސީ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކުރެވުމާއެކު، ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިއްބަވާ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ބެހެއްޓިފައިވާއިރު، ދިވެހި ޙައްޖުވެރިން ތިއްބަވާ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިއްބަވާ ފޭލިގެތަކުގައިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

871x217_placeholder