logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރަށްވުރެ އެޑްވާންސް ޓެގެއް ބޭނުންކުރަނީ

އައިޝަތު ނަޝާ
18 އޮކްޓޯބަރު 2025 - 13:20
 ޙައްޖުވެރިންގެ ރައްކާތެރިކަން  ކަށަވަރުކުރުމަށް މިހާރަށްވުރެ އެޑްވާންސް ޓެގެއް ބޭނުންކުރަނީ

ޙައްޖުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޓެގަށްވުރެ އެޑްވާންސް ޓެގެއް އަންނަ އަހަރުގެ ޙައްޖު މޫސުމުގައި ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވީ، މިހާރުވެސް ޙައްޖުވެރިންގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި،ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން ބޭނުންކުރަމުން އައި ޓްރެކިންގ ޑިވައިސް ދީފައިވަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ނަމަވެސް، 2024 ވަނަ އަހަރުން ފެށިގެން ޙައްޖަށްދާ ހުރިހާ ފަރާތްތަކަށްވެސް ލައިވް ލޮކޭޝަން ބެލޭ ޓްރެކިންގ ޑިވައިސް ދޫކުރެވުނުން ޝަކީލް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އައު ޓެގްތައް ތަޢާރަފުކުރުމުގެ ކުރިން، ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އޭގެ ނަތީޖާއަށް ބަލައި، އެ ޓެގްތައް ބޭނުންކުރާނީތޯ ނުވަތަ ކުރިން ބޭނުންކުރަމުން އައި ޓެގްތައް ބޭނުންކުރާނީތޯ ނިންމާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

1446 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުގެ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ގެންދެވުނު އަހަރު ކަމަށް ފާހަގަކުރައްވައި، ޝަކީލް އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް ލިބޭ ޝަކުވާތަކަށް ބަލައި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | 5 ދުވަސް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | 6 ދުވަސް ކުރިންރަމަޟާން މަހުގެ ފަހު 15 ގައި އުމްރާ އަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 22 ދުވަސް ކުރިންހައްޖު ކޯޕަރޭޝަނުން "ކުރު އުމްރާ" ޕެކޭޖެއް، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެވޭ ޚަބަރު | މަހެއް ކުރިން