logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަމަހުގެ އުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 09:21
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ

އަންނަ އަހަރުގެ ރޯދަ މަހުގެ އުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުގެ ރޯދަ މަހުގެ އުމްރާގައި ދެ ޕެކޭޖެއް ހިމެނެއެވެ. އެއީ މުޅި ރޯދަ މަހުގެ ޕެކޭޖަކާއި ފަހު ފަނަރައިގެ ޕެކޭޖެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މުޅި ރޯދަ މަހުގެ ޕެކޭޖްގެ އަގަކީ 48،965 ރުފިޔާ ކަމަށާއި ފަހު 15 ދުވަހުގެ ޕެކޭޖްގެ އަގަކީ 45،965 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ހައްޖު ކޯޕަރޭޝަނުންބުނީ ރޯދަ މަހުގެ އުމްރާގެ މުޅި ރޯދަ މަހުގެ ޕެކޭޖަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 13:00 ކަމަށެވެ. އަދި ފަހު ފަނަރައިގެ ޕެކޭޖަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ 13:00 ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ވަނީ މިފަހުން ނިންމާފައެވެ.

ޑިސެމްބަރު އުމްރާއާއި އަންނަ އަހަރުގެ ރޯދަ މަހުގެ އުމްރާގައި އުމްރާވެރިންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން "ކުރު އުމްރާ" ޕެކޭޖެއް، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެވޭ ޚަބަރު | 18 ދުވަސް ކުރިންހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި ރާއްޖެއަށްޚަބަރު | މަހެއް ކުރިންހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ބޭނުން ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންހައްޖު ކޯޕަރޭޝަންގެ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން