logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 11:35
ހައްޖު ކޯޕަރޭޝަންގެ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް ސައުދީ އަރަބިއްޔާގެ އަލް ސަފްވާ ފައުންޑޭޝަނާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ފަހުމްނާމާގައި ސޮއިކުރުން ކުރިއަށްދިޔައީ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 1447 ގެ ތެރެއިން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ހައްޖާއި އުމްރާގެ ކަންކަމުގައި އެ ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި އަލް-ސަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ މުހައްމަދު އަލް-ހަޖޫރީއެވެ.

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ފެށީ މިއަދުއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު 17:00 އާ ހަމަޔަށް ކުރިޔަށްދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ އާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ކޮންފަރެންސްގައި ސައުދީއަރަބިއްޔާގެ އައްސަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ސައުދީގެ މަޝްހޫރު އައްރާޖިހީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 6 ދުވަސް ކުރިންއެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | މަހެއް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | މަހެއް ކުރިންރަމަޟާން މަހުގެ ފަހު 15 ގައި އުމްރާ އަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން