logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާ އަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

މުޙައްމަދު އަފްރާޙް
16 ފެބްރުއަރީ 2026 - 05:57
ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާ އަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

މި ފެށޭ ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާއަށް ދިއުމަށް އިތުރު ފުރުޞަތުތަކެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާއަށް ދިއުމުގެ އިތުރު ފުރުޞަތުތަކެއް ހުޅަލީ، ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖު ކޯޕަރޭޝަނުން އަހަރުގެ ޙައްޖު ދުވަސްތައް ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ރަމަޟާން އަދި ސްކޫލް ބަންދު ދުވަސްވަރަކީ ޢުމްރާއަށް ދިއުމަށް ވަރަށް ޑިމާންޑު ބޮޑު ދުވަސްތަކެކެވެ. ވުމާއެކު މިއަހަރުގެ ރަމަޟާންމަހުގައިވެސް މުޅި ރަމަޟާން ޢުމްރާ އަދި ފަހު ފަނަރައިގެ ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ، ޙައްޖުކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާންމަހުގެ ފަހު 15އިގެ ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ.

މި ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުންނެވެ. ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް، Hajj.mv ގައިވާ ފަހެލި ޕޯޓަލުން ރަޖިސްޓްރީވެގެންނެވެ. އަދި ޢުމްރާއަށް ދިއުމަށް އެ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާ އަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންއަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ބަދަލުދޭން ހުކުމްކޮށްފިޚަބަރު | 14 ދުވަސް ކުރިންހައްޖު ކޯޕަރޭޝަނުން "ކުރު އުމްރާ" ޕެކޭޖެއް، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެވޭ ޚަބަރު | 18 ދުވަސް ކުރިންހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި ރާއްޖެއަށްޚަބަރު | މަހެއް ކުރިން