logo
MPL

MPL

ޚަބަރު

ގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަން

މުޙައްމަދު އަފްރާޙް
4 މާރިޗު 2026 - 07:05
އުމްރާވެރިން ފުރުމަށް އެއަރޕޯޓުގަ
އުމްރާވެރިން ފުރުމަށް އެއަރޕޯޓުގަ

ގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާ ކަމަށެވެ. އެހެންކަމުން އިއްޔެ ހަވީރުގެ ވަގުތެއްގައި މީގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެމަތިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޖާގަ އޮތް މިންވަރުން 28 މީހުންނަށް ވިސާ ޖަހައި މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަނާއި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަކީލް ވިދާޅުވީ އެމީހުން ފުރުވާލީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން ކަމަށާއި އެއީ 28 މީހުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި އުމްރާގެ އަޅުކަމަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާނެގުމަށްފަހު، އުމްރާ އަށް ނުގެންގޮސްގެން ގިނަބަޔަކު ޝަކުވާކުރާ މަންޒަރު ފެނެއެވެ. މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވަމުން އަންނައިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ އެފަދަ ފަރާތްތަކަށް ފިޔަވަޅު ވެސް އަޅަމުންނެވެ. އަދި މިފަދަ ހާލަތްތަކުގައި ހައްޖު ކޯޕަރޭޝަނުން އަބަދުވެސް ދަނީ އުމްރާވެރީންނަށް އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލް ބަންދުތެރޭ 4،000 ވުރެ ގިނަ މީހުން އުމްރާ އަށްޚަބަރު | މަހެއް ކުރިންޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 2 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 3 މަސް ކުރިން