logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެ

މުޙައްމަދު އަފްރާޙް
28 މާރިޗު 2026 - 07:04
ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން ވަނީ ރަމަޟާން މަހު ޢުމްރާއަށް 230 އަށްވުރެ ގިނަ ޢުމްރާވެރިން ގެންގޮސްފައެވެ. އަދި އެންމެފަހު ފްލައިޓުގައި އުމްރާވެރިން ރާއްޖެ އައިސްފައިވަނީ ހެނދުނު 7 ޖަހާކަންހާއިރުއެވެ.

ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ދިޔަ އުމްރާވެރިންގެ ތެރެއިން މިވަގުތު މައްކާގައި ތިބީ ރަމަޟާން މަހުގެ ފަހު 15 އަށް ދިޔަ 300 މީހުންނާއި އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާދެއްކުމަށްފަހު، ފައިސާއަށް އެގްރޫޕުން ހިޔާނާތްތެރިވި މައްސަލައިގައި ހައްޖު ކޯޕަރޭޝަންގެ އެހީގައި އުމްރާވުމަށް ދިޔަ ފަރާތްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހު 15 ގެ ހުރިހާ ޢުމްރާވެރިން 29 ވަނަ ދުވަހު ފުރުމަށް ވަނީ ތާވަލުކޮށްފައިވާއިރު، ހައްޖު ކޯޕަރޭޝަންގެ އެހީގައި އުމްރާވުމަށް ދިޔަ ފަރާތްތައް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ މީހުން އުމްރާވުމަށް ދިޔައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންއުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސެއް ނިޔާވެއްޖެޚަބަރު | 14 ދުވަސް ކުރިންއެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | 23 ދުވަސް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | 24 ދުވަސް ކުރިން