logo
MPL

MPL

ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި ރާއްޖެއަށް

އައިޝަތު ނަޝާއައިޝަތު ނަޝާ
11 ޖެނުއަރީ 2026 - 06:48
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އެނބުރި ރާއްޖެއަށް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.

އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އުމްރާވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައި ވަނީ ރޭ 23:30 ގައެވެ. ރޭގައި ރާއްޖެ އައިސްފައިވަނީ 233 އުމްރާވެރިން ކަމަށާއި އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްެ އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ 10:05 ގައި ދެވަނަ ފްލައިޓްގައި 130 އުމްރާވެރިން އައުމަށް ހަމަޖެހިފައިވާއިރު، ބާކީ ތިބި އުމްރާވެރިންނާއެކު ތިން ވަނަ ފްލައިޓް މާދަމާގެ ވަގުތެއްގައި އައުމަށް ވަނީ ހަމަޖެހިފައެވެ.

ހައްޖު ކޯޕަރޭޝަން ހަވާލުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް 569 މީހުން ވަނީ ގޮސްފައެވެ. މިއަހަރުގެ އެންމެ ފުރަތަމަ އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ ގްރޫޕް ފުރާފައި ވަނީ ޑީސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 262 އުމްރާވެރިން ވަނީ ފުރާފައެވެ.

މި ޗުއްޓީގައި ހަތް ހާހަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 2 ދުވަސް ކުރިން ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | 4 ދުވަސް ކުރިންސްކޫލް ބަންދުތެރޭ 4،000 ވުރެ ގިނަ މީހުން އުމްރާ އަށްޚަބަރު | 3 މަސް ކުރިންފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީޚަބަރު | 3 މަސް ކުރިން