އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ: ސްޓެލްކޯ


01 ޖޫން 2025 - 12:48
އިރުއޮއްސުމުގެ ކުރިން މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމާ ގުޅިގެން ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ކުރި މަސައްކަތުން މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތައަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބްރިޖުން ގުޅުވާލާފައިވާ ކޭބަލް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިންޓަކަނެކްޝަން ދެވުމުން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ގްރިޑު ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު މުޅި ޕްރޮސެސްއަށް 1 ގަޑިއިރާ 15 ވަރަކަށް މިނެޓު ހިނގާނެކަމަށް ލަފާކުރެވެއެވެ.
ސްޓެލްކޯ އިން މިހާރު ވަނީ ހުޅުމާލޭ ފޭސް އެކަކަށް ކަރަންޓު ދީފަ އެވެ. މިވަގުތު ކަރަންޓު ނެތީ ހިޔާގެ 1 ވަނަ ޓަވަރުން 8 ވަނަ ޓަވަރާއި ވިނަރެސް ފްލެޓްތަކުގަ އެވެ. ސްޓެލްކޯއިން މަސައްކަތްކުރަމުން އަންނަނީ އިރުއޮއްސުމުގެ ކުރިން މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ.
އިތުރު ލިޔުންތައް

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި
10 މަސް ކުރިން
80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ
10 މަސް ކުރިން
ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި
10 މަސް ކުރިން