މުޅި މާލެއަށް ކަރަންޓް ދީފި، މިހާރު ކަރަންޓް ނުދެވެނީ ހުޅުމާލެ ރުއްގަޑު 1 ސަރަހައްދަށް


01 ޖޫން 2025 - 13:20
މުޅި މާލެއަށް ކަރަންޓް ދީފައިވާކަމަށާއި މިހާރު ކަރަންޓް ނުދެވެނީ ހުޅުމާލެ ރުއްގަޑު 1 ސަރަހައްދަށްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހަރު ކަރަންޓް ދެވިފައިވާކަމަށާއި ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމަރެއް އެނާޖައިޒް ކުރެވިފައިވާކަމަށެވެ. މި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވާ އެހެން ސަހަރައްދުތަކުގެ ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އެމާޖެންސީ ނަމްބަރު 104 އަށް ގުޅުއްވުމަށްވެސް ސްޓެލްކޯއިންވަނީ އެދިފައެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
އިތުރު ލިޔުންތައް

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި
10 މަސް ކުރިން
80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ
10 މަސް ކުރިން
ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި
10 މަސް ކުރިން