ޕީއެސްޖީގެ ޓައިޓަލް ސެލެބްރޭޝަން ބޮޑު ހަމަނުޖެހުމަކަށްބަދަލުވެ ދެމީހުން މަރުވެއްޖެ

ޕީއެސްޖީ ގެ ޓައިތަލް ސެލެބްރޭޝަން ތެރެއިން. ފޮޓޯ: ދަސަން

02 ޖޫން 2025 - 06:49
ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) އިން ޗެމްޕިއަންސް ލީގް ކަށަވަރުކުރުމާ ގުޅިގެން ޕެރިސްގައި ކުރިއަށްދިޔަ ފާހަގަކުރުމުގެ ހަރަކާތްތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެ، ފުލުހެއްގެ ހާލަތު ސީރިއަސްވެއްޖެއެވެ.
މިއަދު ފްރާންސްގެ އެތެރޭގެ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ހަމަނުޖެހުންތަކާ ގުޅިގެން 559 މީހުން ހައްޔަރުކޮށްފައިވެއެވެ. ޑެކްސް ސިޓީގައި ހިނގި ހަމަނުޖެހުމެއްގައި 17 އަހަރުގެ ޒުވާނެއް ވަޅިން ހަމަލާދީ މަރާލާފައިވާ އިރު، ޕެރިސްގައި ހިނގި އެކްސިޑެންޓެއްގައި ސްކޫޓަރެއްގައި ދުއްވަމުންދިޔަ މީހަކު މަރުވެފައިވެއެވެ.
ފްރާންސްގެ ޤައުމީ ފުލުސް އޮފީހުން ބުނާ ގޮތުގައި އުތުރު ފްރާންސްގައި ހިނގި ހާދިސާއެއްގައި ފަޓާސްއެއް ރޯވެ ފުލުހެއްގެ ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އޭނާގެ ހާލަތު ވަރަށް ސީރިއަސްވެފައިވެއެވެ. މީގެ އިތުރުން ގްރެނޯބްލްގައި ކާރެއް މީހުންނާ ޖެހި ހާދިސާގައި އެއް ޢާއިލާއެއްގެ ހަތަރު މެންބަރުންނަށް އަނިޔާވެފައިވާ އިރު، އޭގެ ތެރެއިން އަންހެނެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޕެރިހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން. ފޮޓޯ: ދަސަން
ޕެރިސް ޕޮލިސް ޕްރިފެކްޗަރގެ ތަރުޖަމާނެއް ޑެއިލީ މެއިލަށް ވިދާޅުވި ގޮތުގައި މިހަމަނުޖެހުމާއި ގުޅިގެން ރެޔާއި ހަމައަށް 131 މީހުން ހައްޔަރުކޮށްފައިވާ އިރު، އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ވެސް ހަމަނުޖެހުންތައް ކުރިއަށް ގޮސްފައިވެއެވެ.
ފްރާންސްގެ އެތެރޭގެ ކަންކަމާ ބެހޭ ވަޒީރު ބްރޫނޯ ރެޓެއިލޯ އެކްސް (ކުރީގެ ޓްވިޓަރ) ގައި ވިދާޅުވެފައިވަނީ ޕީއެސްޖީގެ ހަގީގީ ސަޕޯޓަރުން ޓީމުގެ ކާމިޔާބީ ފާހަގަކުރަމުންދާއިރު، "ބާބޭރިއަންސް" ޕެރިސްގެ މަގުތަކަށް ނުކުމެ ކުށްތައް ކުރަމުންދާ ކަމަށެވެ. އަދި މަދު ބަޔަކު ކުރާ މިފަދަ ޢަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޕީ.އެސް.ޖީ ޗެންޕިއަންސް ލީގުން ވަކިވުމާ ގާތަށް
7 މަސް ކުރިން
މޮނާކޯ ބަލިކޮށް ފްރެންޗް ސުޕަކަޕް ޕީ.އެސް.ޖީ އިން ކާމިޔާބުކޮށްފި
5 މަސް ކުރިން
ކަވަރަޓްސްކެލިއާ ޕީއެސްޖީއަށް ބަދަލުވުމުގެ މަގުމަތީގައި
5 މަސް ކުރިން