logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށް ތިމާވެށީގެ މާހިރުން ބުނެފި

ހުސައިން ވަސީމް
2 ޖޫން 2025 - 13:55
ކަނޑުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށް ތިމާވެށީގެ މާހިރުން ބުނެފި

ކަނޑުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށް ބުނެ ތިމާވެށީގެ މާހިރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިންސާނުން ނޭވާލާ އޮކްސިޖަންގެ 50 އިންސައްތައަށްވުރެ ގިނަ އުފައްދަނީ ކަނޑުތަކުންނެވެ. ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ މާހިރުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިހާރު ކަނޑުތަކުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމާށް މާހިރުން ވަނީ ގޮވާލާފަ އެވެ. ޕްލާސްޓިކުގެ ސަބަބުން ކަނޑުތަކަށް ނޭވާ ނުލެވޭ ހިސާބަށް ދާކަމަށް މާހިރުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރަކު 8 މިލިއަން ޓަނަށްވުރެ ގިނަ ޕްލާސްޓިކް ކަނޑުތަކަށް އެޅެއެވެ. މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި މުޅި ކަނޑުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކަނޑުތައް ސާފުކޮށް ބެލެހެއްޓުމަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ޒިންމާއެއްކަމަށް ދެކިގެން އެކަން ކުރުން ވަރަށް މުހިންމުކަމަށްބެލެވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފައިވެއެވެ. މީގެ ތެރޭގައި ރަށްރަށުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ސްކޫލްތަކުގައި ހިންގޭ ހާއްސަ ސެޝަންތައް ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލާ ރިސޯޓުގެ ''ފެހިކުރަމާ ޕްރޮގްރާމް'' ކުޑަފަރީގައިޚަބަރު | 16 ދުވަސް ކުރިންތިމާވެށީގެ ދުވަހުގެ ހަރަކާތްތައް މުޅި ޖޫން މަހަށް ބަހާލެވިގެން ކުރިއަށްދާނެޚަބަރު | 3 މަސް ކުރިންކަނޑުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށް ތިމާވެށީގެ މާހިރުން ބުނެފިޚަބަރު | 4 މަސް ކުރިންތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަން ހުށަހަޅަނީޚަބަރު | 7 މަސް ކުރިން