logo
Bank of Maldives

Bank of Maldives

ޚަބަރު

ތިމާވެށި ހިމާޔަތްކުރުމަށް އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފި

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 11:09
ތިމާވެށި ހިމާޔަތްކުރުމަށް އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފި

މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ތިމާވެށީގެ މަޝްރޫއުތަކަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފައވާކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން މިމަހު އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުން ތިމާވެށީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުތަކަށް 246 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަށް 229 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 132 މިލިއަން ރުފިޔާހޭދަކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 7.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ތިމާވެށީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ އޭގެ ތެރެއިން 8.4 އިންސައްތައެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓާއި ބަނދަރުގެ މަޝްރޫއުތަކަށެވެ.

ތިމާވެށީގެ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގްރީން ޓެކްސްއެއް ނަގަމުންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިޚަބަރު | 2 ދުވަސް ކުރިންވެލާ ބިސްއަޅާ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަޒުމް ރާއްޖެއިން އާކޮށްފިޚަބަރު | 7 ދުވަސް ކުރިންވެލަޔަށް ފަރުވާދޭ މި ސަރަހައްދު ފުރަތަމަ ހާއްސަ މަރުކަޒު ޗަމްޕާ ރިސޯޓެއްގައި ހުޅުވައިފިޚަބަރު | މަހެއް ކުރިންތިމާވެށި ހިމާޔަތްކުރުމަށް އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 6 މަސް ކުރިން