logo
MPL

MPL

ޚަބަރު

ބިން ހަލާކުވުމާއި ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަމިޓް ގައި ރާއްޖެއިން ބައިވެރިވެއްޖެ

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 07:33
ބިން ހަލާކުވުމާއި ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ  ސަމިޓް ގައި ރާއްޖެއިން ބައިވެރިވެއްޖެ

ބިން ހަލާކުވުމާއި ހަނަފަސްކަމުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލު ހޯދުމަށް ބާއްވާ އދ. ގެ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން" (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި 2026 އޮގަސްޓް 14 އިން 28 އަށް ކުރިއަށްދާ މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އަދި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ކޮޕް17 ގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން، ހަނަފަސްކަމުން ރައްކާތެރިވުމަށް އެކުލަވާލާ ޕްލޭންތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށްޓަކައި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށާއި، ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤްވާމީ ސިޔާސަތުގެ އޮނިގަނޑަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކާއި، ފަސްގަނޑު އަދި ވިނަދަނޑުތައް އަލުން އާރާސްތުކޮށް، ބިން ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ބައިވެރިން އަންނަނީ ބާރުއަޅަމުންނެވެ. އަދި ހަނަފަސްކަން ދެނެގަތުމަށާއި، ފަސްގަނޑާއި ފެން މެނޭޖްކުރުމުގެ އިތުރުން، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުދުރަތީ ވަސީލަތްތައް އާރާސްތުކުރުމަށް ސައިންޓިފިކް ހޯދުންތަކުގެ ބޭނުން ހިފުމަށްވެސް މި ސަމިޓުގައި އިސްކަންދެއެވެ.

މި ސަމިޓުގެ ޝިއާރަކީ "ބިން އާރާސްތުކުރުން، އުންމީދު އާކުރުން" މެވެ. މި ސަމިޓުގައި، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށް ފުރިހަމަ ހައްލުތަކެއް ހޯދުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިވެހި ވަފުދުން ވަނީ ދީފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިން ހަލާކުވުމާއި ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަމިޓް ގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | ގަޑިއިރެއް ކުރިންތިމާވެށީގެ ފަންނީ މާހިރުންގެ ތެރޭގައި ޖަޒީރާ ގައުމުތައް ހިމެނުމަށް ރާއްޖެ އިން ވަކާލާތު ކުރަނީޚަބަރު | 25 ދުވަސް ކުރިންތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގޮތުން ސަމްޕާގެ ހާއްސަ ހަރަކާތްތަކެއް އދ. އަތޮޅާއި މާލޭގައި ކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިން 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހު ކޮށްފިޚަބަރު | މަހެއް ކުރިން