އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި ހުރިހާ ގައުމެއްގެ ބައިވެރިވުމާއި އެހީތެރިކަން ބޭނުންވާކަމަށް ރާއްޖެއިން ގޮވާލައިފި
8 ނޮވެމްބަރު 2026 - 06:31
.webp&w=3840&q=75)
އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ޤައުމުތަކެއްގެ ބައިވެރިވުން ކަށަވަރުކޮށް، އެ ގައުމުތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރާ އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފް ވަނީ މަލްޓިލެޓަރަލް ފަންޑުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ފަހިވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ތަރައްޤީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، ހަކަތަ މަދުން ބޭނުންކުރާ ތިމާވެއްޓާ ރަޙްމަތްތެރި ވަސީލަތްތަކަށް ބަދަލުވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރުފުޅުގެ ތެރެއިން ސްޓޭޓް މިނިސްޓަރު ވަނީ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހައިލެވެލް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި ކްލައިމެޓްއެންޑް ކްލީން އެއާ ކޯލިޝަން އާއި ޔޫއެންއީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ޤައުމު ކަމަށްވާތީ، ބައިނަލްއަޤުވާމީ މިފަދަ ފޯރަމްތަކުގައި ބައިވެރިވެ، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެކެވެ.

-01.jpg&w=3840&q=75)
