logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލަޔަށް ފަރުވާދޭ މި ސަރަހައްދު ފުރަތަމަ ހާއްސަ މަރުކަޒު ޗަމްޕާ ރިސޯޓެއްގައި ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މޭ 2026 - 03:37
ސަރަހައްދުގެ ވެލަޔަށް ފަރުވާދޭ ފުރަތަމަ މަރުކަޒު ހުޅުވަނީ، ފޮޓޯ: ދައުލަތުގެ މީޑިއާ
ސަރަހައްދުގެ ވެލަޔަށް ފަރުވާދޭ ފުރަތަމަ މަރުކަޒު ހުޅުވަނީ، ފޮޓޯ: ދައުލަތުގެ މީޑިއާ

ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކާރާ އައިލެންޑްސް މޯލްޑިވްސްގައި ވެލަޔަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޓާޓަލް ހެލްތު އިންސްޓިއުޓް" އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ގާއިމުކުރި ތަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެސް ވެލާ ކަހަނބަށް ހާއްސަކޮށްގެން އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) ގާއިމުކުރި ފުރަތަމަ މަރުކަޒެވެ. މި އިންސްޓިއުޓްގެ ސަބަބުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަރުކަޒުގެ ގާބިލުކަމަށް ބަލާއިރު، އެއް ފަހަރާ ހަތް ވެލަޔަށް ފަރުވާ ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މަރުކަޒު ހުޅުވިއިރު ވެސް ހަތް ވެލަޔަކަށް އެތަނުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިތަނުގައި ވެލާތަކަށް ބޭނުންވާ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއި، އެކްސްރޭ ރޫމްގެ އިތުރުން ރިހެބިލިޓޭޝަން ޓޭންކްތައް ވެސް ގާއިމުކޮށްފައިވެއެވެ.

މި މަރުކަޒުގެ މައިގަނޑު މަގްސަދަކީ އެކި ސަބަބުތަކާ ހުރެ އަނިޔާލިބޭ ވެލާތަކަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމެވެ. އަދި ފަރުވާއަށްފަހު ވެލާތަކުގެ ސިއްހަތު މުޅިން ރަނގަޅުވުމުން، އެ ތަކެތި އަލުން އޭގެ ގުދުރަތީ މާހައުލު ކަމަށްވާ ކަނޑަށް ދޫކޮށްލުމަކީ މި މަޝްރޫއުގެ މުހިންމު އަމާޒެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލަޔަށް ފަރުވާދޭ މި ސަރަހައްދު ފުރަތަމަ ހާއްސަ މަރުކަޒު ޗަމްޕާ ރިސޯޓެއްގައި ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންތިމާވެށި ހިމާޔަތްކުރުމަށް އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 5 މަސް ކުރިން ވެލާ ރިސޯޓުގެ ''ފެހިކުރަމާ ޕްރޮގްރާމް'' ކުޑަފަރީގައިޚަބަރު | 8 މަސް ކުރިންތިމާވެށީގެ ދުވަހުގެ ހަރަކާތްތައް މުޅި ޖޫން މަހަށް ބަހާލެވިގެން ކުރިއަށްދާނެޚަބަރު | އަހަރެއް ކުރިން